Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެއާޕޯޓަށް މީހުން ފުރުވުމަށް އެކަކު ދިއުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި

އެއާޕޯޓަށް މީހުން ފުރުވުމަށް އެކަކު ދިއުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި

އެއާޕޯޓަށް މީހުން ބަލާދިއުމަށާއި، ފުރުވަންދިއުމުގައި ގިނަ މީހުން ނުގޮސް އެކަކު ދިއުމަށް މޯލްޑިވްސް އެއާޕޯޓު ކޮންޕެނީ ލިމިޑެޓް(އެމްއޭސީއެލް)އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލްއިން މިކަމަށް އިލްތިމާސްކޮށްފައި ވަނީ ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާންމު އޮޕަރޭޝަންތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ފެށުމާއި ގުޅިގެނެވެ.

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނީ އެއާޕޯޓަށް މީހުން ފުރުވާށާއި ބަލާ ގިނަ ބައެއް ނުގޮސް އެކަކު ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭނުމެއްނެތި އެއާޕޯޓަށް ކުރާ ދަތުރުތައް މަދުކުރުމަށްވެސް އެދިފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތައް މިހާރު ފަށާފައިވާއިރު، މިމަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ބައިނަލްއަޤްވަމީ ދަތުރުތައް ފެށުމަށްވެސް ދަނީ ތައްޔާރީތައް ވަމުންނެވެ.ާިޕ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް