ޚަބަރު

ބިލްތައް ބޮޑުވި މައްސަލަ މި އަންނަނީ ބަލަމުން: ސްޓެލްކޯ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑުވި ސަބަބު ބަލަމުންދާކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

Ads by Sosun Fihaara

ކޮވިޑް19 އާއި ގުޅިގެން ސަބްސިޑީ ދޭން ފެށުމުގެ ކުރީ މަސްތަކާއި އަޅާކިޔާއިރުވެސް ޖޫން މަހުގެ ކަރަންޓު ބިލު ދެގުނަ، ތިން ގުނަ އަދި ހަތަރު ގުނަވެސް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައި ވަނީ ބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާ ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށެވެ.

ގިނަ ގެތަކުގެ ބިލަށް ބަލާއިރު އެވަރެޖްކޮށް 600ރ އަރާ ގޭގޭގެ ބިލް 1500އިން މައްޗަށް ވަނީ އަރާފައެވެ. އަދި 1500 ރުފިޔާ އަރާ ގޭގޭގެ ބިލް 3000އިން މައްޗަށް ވަނީ އަރާފައެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ ބިލްތަކާއި ގުޅިގެން ގިނަބައެއްގެ ޝަކުވާ ލިބިފައިވާކަމަށެވެ. އަދި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި އެކުންފުނިން ބަލަމުންދާކަމުގައިވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓް ބިލްތައް ބޮޑުވި މައްސަލައިގައި، ސްޓެލްކޯގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޟިރުކުރުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިހާރު ވަނީ، ހުށައަޅުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!