ޚަބަރު

މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ވަރުގަދަ ބްރިޖެއް: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަކީ، ރައްޔިތުންނާއި ކޮވިޑް-19 އާއި ދެމެދު އެޅުނު ވަރުގަދަ ބްރިޖެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ ބޭއްވި އެންއީއޯސީގެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުގެ ވާހަކަފުޅު މުޅިން އަމާޒުކުރެއްވީ މަބްރޫކަށެވެ މިރޭ ޚާއްސަވަނީ މަބްރޫކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އަމީން މަބްރޫކް ސިފަކުރެއްވީ މި އުނދަގޫ ޙާލަތުގައި ސަރުކާރުން ކުރެއްވި ބުރަ އެހާމެބޮޑު މަސައްކަތްޕުޅާއި، ވަރުގަދަ އެމަޖެންސީ އޮޕަރޭޝަނުގެ މަޢުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވި ސަރުކާރުގެ "ދޫ" ކަމުގައެވެ.

ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް ދެއްކެވި ކެތްތެރިކަމާއި، ހާމަކަމާއި އަދި ފޮރުވުމެއް ނެތި މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް ދެއްކެވި ނަމޫނާ އަކީ މިކަމުގައި މަސައްކަތް ކުރާ އެންމެން ވެސް ހިފަހައްޓަންޖެހޭ ނަމޫނާއެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"އެއްވެސް ސިޔާސީ ކުލައެއް ނެތި، އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ނޫސްވެރިން ކުރާ ހުރިހާ ސުވާލުތަކަށް އަދި ރައްޔިތުން އެދޭ ހުރިހާ މައުލޫމާތެއް ސާފު ބަހުން ކިޔައި ދެވި، ފޯރުކޮށްދެވުމަކީ ފަހުން ވެސް ފާހަގަކުރަންޖެހޭ ކަމެއް" އަމީން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަބްރޫކު ގެންގުޅުއްވި ހާމަކަމަކީ މިފަދަ ކަމެއްގައި މަސައްކަތް ކުރާ އެންމެން ވެސް ނަމޫނާއެއްގެ ގޮތުގައި އަމީން ފާހަގަކުރެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!