ޚަބަރު

ގާޒީ ނަޖީބު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

Ads by STELCO

ޖޭއެސްސީން ބުނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގއ. އަތޮޅު ކައުންސިލްގައި، ވިލިނގިލީ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނަޖީބު މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެ ކެންޑިޑޭޓު ނިސްބަތްވާ ސިޔާސީ ޕާޓީ އަށް މީހަކު ލައްވައި ސޮއިކުރުމުގައި ގާޒީ ނަޖީބު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި ހަސަން ނަޖީބު ވާހަކަފުޅު ދެއްކެވިކަންވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ހަސަން ނަޖީބުގެ މައްޗަށް ސާބިތުވި ތިން ވަނަ ކަމަކީ ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި އެއްވެސް ތަހުގީގީ އިދާރާއަކުން ނޭދެނީސް، ދެ މީހަކު ހައްޔަރު ކުރުމަށް އޭނާ އަމިއްލަފުޅަށް އަމުރެއް ނެރުނު ކަމެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައެޅިފައިވާ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއް ކަމެއްގެ ގޮތުގައި ޖޭއެސްސީއިން ބުނެފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!