Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަރަންޓް ބިލް ބޮޑުކުރިޔަސް ނެތް ފައިސާއެއް ރައްޔިތުންނަކަށް ނުދެއްކޭނެ: އާދަމް ޝަރީފް

ކަރަންޓް ބިލް ބޮޑުކުރިޔަސް ނެތް ފައިސާއެއް ރައްޔިތުންނަކަށް ނުދެއްކޭނެ: އާދަމް ޝަރީފް

ކޮވިޑް-19ގެ ދަތި ހާލަތުން އަރައިނުގަނެވިގެން އުޅެނިކޮށް ކަރަންޓް ބިލް ބޮޑުކުރިޔަސް ނެތް ފައިސާއެއް ރައްޔިތުންނަކަށް ނުދެއްކޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކޮވިޑާ ގުޅިގެން ސަބްސިޑީ ދޭން ފެށުމުގެ ކުރީ މަސްތަކާއި އަޅާކިޔާއިރުވެސް ޖޫން މަހުގެ ކަރަންޓު ބިލު ދެގުނަ، ތިން ގުނަ އަދި ހަތަރު ގުނަވެސް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން ދިއުމާ ގުޅީގެންނެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގްތިސާދު ހަމަޔަކަށް އެޅެންދެން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒް ކުރަން ޖެހޭ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އާމްދަނީ ލިބޭނެ ގޮތްތަކެއް އަދި ނެތް" އާދަމް ޝަރީފް ވިދާޅުވިއެވެ.

ގިނަ ގެތަކުގެ ބިލަށް ބަލާއިރު އެވަރެޖްކޮށް 600ރ އަރާ ގޭގޭގެ ބިލް 1500އިން މައްޗަށް ވަނީ އަރާފައެވެ. އަދި 1500 ރުފިޔާ އަރާ ގޭގޭގެ ބިލް 3000އިން މައްޗަށް ވަނީ އަރާފައެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ ބިލްތަކާއި ގުޅިގެން ގިނަބައެއްގެ ޝަކުވާ ލިބިފައިވާކަމަށެވެ. އަދި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި އެކުންފުނިން ބަލަމުންދާކަމުގައިވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓް ބިލްތައް ބޮޑުވި މައްސަލައިގައި، ސްޓެލްކޯގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޟިރުކުރުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިހާރު ވަނީ، ހުށައަޅުއްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް