ޚަބަރު

ކުއްޖާ ރޭޕް ކުރި މައްސަލާގައި އިހުމާލުވި މީހުން ހޯދުމުގެ މަސައްކަތް ފަށައިފިން: އެޗްއާރްސީއެމް

ދެން އެމްވީ ، ދެން އޮންލައިން

ދެ އަހަރު ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލާގައި އިހުމާލުވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެފިއެވެ.

Ads by STELCO

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ އެ ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ އުމުރުން އެންމެ 1 އަހަރާ 9 މަހުގެ ތުއްތު ކުއްޖަކަށް އެކުއްޖާގެ އާއިލާގެ ބައެއް މެމްބަރުންގެ ފަރާތުން ޖިންސީ ގޯނާކުރި މައްސަލައަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް. އަދި މި ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި އަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން." އެޗްއާރުސީއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އެކުއްޖާ ދިރިއުޅުނު މާހައުލުގައި އުޅޭ އެހެން ކުދިންނަކީ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކުން ރައްކާތެރިވެފައިވާ ކުދިންތޯ ކަށަވަރު ކުރަން އެޗްއާރްސީއެމުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގާފަ އެވެ.

ހަމައެއާއެކު މި މައްސަލައިގައި ފިޔަވަޅު ނާޅައި ތިބޭ ފަރާތްތައް ހޯދަން ތަހުގީގު ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

"މި ލާއިންސާނީ ދަށު ދަރަޖައިގެ، އަނިޔާވެރި އަމަލު ހިންގާކަން އެނގި ތިބެ، އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅައި އިހުމާލުވި ފަރާތްތަކާއި މުއައްސާސަތައް ހޯދުމުގެ ތަހުގީގު މި ކޮމިޝަނުން މިހާރު ވަނީ ފަށާފައި. އަދި ބުނެވިދިޔަ މައްސަލައިގައި މުއައްސާސަތަކުން އަމަލު ކުރަމުންދާ ގޮތް މި ކޮމިޝަނުން ވަރަށް ގާތުން ދަނީ ބަލަމުން." ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދެކުނުގެ ރަށެއްގައި އެ ކުއްޖާގެ ބައްޕަ އާއި ކާފައި އަދި މުނިކާފަ ވެގެން ރޭޕް ކުރި މައްސަލާގައި މިއަދު އެ ތިން މީހުން ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!