Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ!

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ!

އުތުރު ލަންޑަންގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މެޓްޕޮލިޓަން ފުލުހުން ބުނެފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 21:36 ހާއިރު، ބާނެޓް ގައެވެ.

މިމައްސަލައިގައި އުމުރުން 41 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ބުނީ އޭނާ ކާރުދުއްވާފައި ދިޔައީ ވަރަށް ނުރައްކާތެރި ގޮތަކަށް ބާރު ސްޕިޑުގައި ކަމަށެވެ.

Advertisement
Ooredoo — Square (box)

މިހާދިސާގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައިވާއިރު، އެކުއްޖާ ކައިރީގައި ހުރި އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ގައިގައި ވެސް އެކާރުން ޖެހިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް ބޮޑު އަނިޔާއެއް ނުވި ކަމުގައިވިޔަސް، އެމަންޒަރު ފެނިފައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 13 އަހަރުގެ އެކުއްޖާ މަރުވެފައިވަނީ އެރޭގެ 23:00 ގައި ނޯތު ލަންޑަން ހޮސްޕިޓަލެއްގައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް