މުނިފޫހިފިލުވުން

އައިޝްވާރްޔާ ދެކެ ބޮލީވުޑްގެ ގިނަ ތަރިން ވަރަށް ރުޅިއާދޭ!

ދެން އެމްވީ

ރީތިގެ ރާނީ އަދިބޮލީވުޑްގެ އެކްޓްރެސް އައިޝްވާރްޔާ ރާއީ ބަޗަން އަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު މޫނެކެވެ.

އައިޝްވާރްޔާގެ ރީތިކަމާއި ތޫނުފިލި ކަމަށް ގިނަ ބަޔަކު އަބަދުވެސް ސަނާ ކިޔަމުން އަންނައިރު، އޭނާއާއިމެދު ހަސަދަވެރިވާ ބަޔަކު ވެސް ތިބެއެވެ.

އެގޮތުން ފާހަގަަ ކޮށްލެވޭ ބައެއް މީހުންނަކީ ސޯނަމް ކަޕޫރާއި، ކަރީނާ ކަޕޫރް އާއި، ރާނީ މުކަރްޖީ އަދި ކާޖޮލްގެ އިތުރުން ވިވޭކް އޮބަރޯއީ އެވެ.

އައިޝްވާރްޔާ ހުންނަނީ ޕްލާސްޓިކް ސާރޖަރީ ހަދާފަ ކަމަށާއި، އޭނަ އަކީ ވަރަށް "ޕްލާސްޓިކް" މީހެއް ކަމަށް ބުނެ ވެސް މީގެ ތެރެއިން ބައެއް ތަަރިންވަނީ އެކި ޕްލެޓްފޯމްތަކުގައި ފާހަގަ ކޮށްފައެވެ.

ވިވޭކް އޮބަރޯއީ، އައިޝްވާރްޔާ ދެކެ ރުޅި އަންނަން ފެށީ އޭނާއާއެކު ލޯބީގެ ގޮތުން ކުރިން ގުޅިގެން އުޅެ ފަހުން އަބީޝޭކް އާއި ގުޅި ކައިވެނި ވެސް ކުރުމުން ކަމަށް އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ރާނީ މުކަރްޖީ އާއި އައިޝްވާރްޔާ އަކީ ކުރިން ވަރަށް ގާތް ދެ އެކުވެރިންނެވެ. ނަމަވެސް އައިޝްވާރްޔާ އަށް ކުރިން ލިބުނު ފިލްްމެއް ކަމަށްވާ "ޗަލްތޭ ޗަލްތޭ"، އޭނާ ނުކުޅެ ދޫކޮށްލުމުން ރާނީ އަށް އެފިލްމު ކުޅެ، ބެލުންތެރިންނަށް ވެސް އެފިލްމު ކަމުދިޔަ ހިސާބުން އެދެތަރިންގެ އެކުވެރިކަން ވަނީ ހީނަރުވެފައެވެ.

އައިޝްވާރްޔާ އާއި ދިމާލަށް ނުރުހުމުގެ ބަހެއް ސީދާ ގޮތަކަށް ކަރީނާ ބުނެފައި ނުވި ނަމަވެސް، ނުސީދާކޮށް އޭނާ ވަނީ އައިޝްވާރްޔާ އަކީ މުސްކުޅިއެއް ކަމަށް ބުނެފައެވެ. އެގޮތުން ކުރިން އައިޝްވާރްޔާ އަށް ކުޅެންް ފުރުސަތު ލިބުނު "ހީރޮއިން" ބަލިވެ އިނުމުގެ ސަބަބުން އޭނާ ދޫކޮށްލިއެވެ. އަދި އެފުރުސަތު ދެން ލިބުނީ ކަރީނާ އަށެވެ. ފިލްމު އައިޝްވާރްޔާ ކުޅުނު ނަމަ ފެންނާނީ ކިހިނެއްތޯ ކަރީނާ ކައިރީ ރިޕޯޓަރަކު ސުވާލު ކުރުމުން ކަރީނާ ބުނީ، އެ ދެމީހުންނާ އަޅާނުކިޔޭނެ ކަމަށާއި އެދެމީހުން ނަކީ ދެ ޖެނެރޭޝަނަކުން އައިސްފައި ތިބި ދެމީހެއް ކަމަށެވެ.

މިހާތަނަށް ބަލާއިރު، އައިޝްވާރްޔާގެ ވެސް ނުރުހުން އެންމެ ބޮޑަށް ލިބިފައިވާ އެއް ތަރިއަކީ ސޯނަމް ކަޕޫރެވެ. ސޯނަމް އާއިއެކު "ލޯ ރެއަލް" ގެ ޚަފްލާއެއްގައި ރޭމްޕް މަތިން ހިނގަން އައިޝްވާރްޔާއަށް ފުރުސަތު ދެވުނެވެ. ނަމަވެސް އައިޝްވާރްޔާ ވަނީ އެކަމަށް ދެކޮޅު ހަދާ ސޯނަމް ލޯ ރެއަލްގެ އެމްބެސެޑަރެއް ކަމުން ސޯނަމް ވަކިވެސް ކޮށްފައެވެ. މިރުޅިވެރިކަމުގެ ފަހަތުގައި ވަނީ އައިޝްވާރްޔާ އަކީ މުސްކުޅިއެއް ކަމަށް ދޭހަވާ ގޮތަށް ސޯނަމް އޭނައާއި ދިމާލަށް "އާންޓީ" އޭ ކިޔާފަ ގޮވާފައިވުމެވެ.

"އައިޝްވާރްޔާ ވަނީ އަހަރެންގެ ބައްޕަ އާއި އެކީ ފިލްމު ކުޅެފަ. އެހެންވީމަ އޭނަ ވާނީ އަހަރެންްގެ އާންޓީ (ދައްތަ) އަކަށް ދޯ؟" އިނޓާވިއު އެއްގައި ސޯނަމް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!