ދުނިޔެ

ދުންފަތުގެ އިސްތިއުމާލު ކުުރާ މީހުނަށް ކޮވިޑް ގެ ނުރައްކާ ބޮޑު ކަމަށް ޑަބްލިޔުއެޗްއޯ އިން ކަށަވަރުކޮށްދީފި، އަވަހަށް ހުއްޓާލާ!

ދެން އެމްވީ ، ދެން އޮންލައިން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކޮވިޑް19 ނުރައްކާ އިތުރަށް ބޮޑުވެގެންދާ ކަމއެއް ކަމުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޑަބްލިޔުއެޗްއޯ އިން މިކަން ހާމަކޮށްފައިވާއިރު، މީގެ ކުރިން ކުރެވުނުއެކި ދިރާސާތަކުން ވެސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކޮވިޑް19 ޖެހުމަށް އިތުރަށް މަގުފަހިވެ، ވައިރަހުގެ ނުރައްކާ ބޮޑުވާ ކަމަށް ދައްކާފައެވެ.

ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ކޮވިޑް19 ޖެހިގެން ހާލުބޮޑުވެފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން އައި ގިނަ ބަޔަކު ފާހަގަަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ކުރަނީ ކިހާ އަސަރެއް ކަން އަދި މިހާތަނަށް ދެެގަނެވިފައި ނުވާ ކަމަށް ވެސް ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފައިވެއެވެ.

ޑަބްލިޔުއެޗްއޯ އިން މިކަން ހާމަކޮށްފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކޮވިޑް19 އަށް ކުރާ އަސަރު ދެނެގަންނަން ހަދާފައިވާ 34 ދިރާސާއެއް ބެލުމަށްފަހުގައެވެ. އެގޮތުން ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރި މީޙުންގެ 18 އިންސައްތަ މީހުނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްފައިވާ މީހުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!