ޚަބަރު

ނަމާދުކުރަން ހުރި އަންހެނެއްގެ އަނގަޔަށް ކުރީގެ ފިރިމީހާ ލައްފިލުވާ އަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ަރ. އަލިފުށީގައި އަންހެނަކު ނަމާދަށް ހުއްޓާ އޭނާ، ދިރިއުޅެމުންދާ ގެއަށް ވަދެ، ކުރީގެ ފިރިމީހާ، އަންހެން މީހާގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ރޭ 21:45 ހާއިރުކަމަށާއި މި މައްސަލައާ ގުޅިގެން 32 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު އަންހެން މީޙާ ދިރިއުޅޭ ގެއަށް ގޮސް އަނިޔާ ލިބުނު މީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއ މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ރަށު މީހުނާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި އަންހެންމީހާ ނަމާދަށް ހުއްޓާ ގަދަކަމުން، އޭނާގެ އަނގައިގައި ހިފަހައްޓާ، ލައްފިލުވާ އޭނާގެ ކަރު ތެރެއަށް ވަނީ އަޅާފައެވެ.

މި އަންހެންމީހާ ހޯމް ކަރަންޓީނުގައި އާއިލާގެ މީހެެއްގެ ގޭގައި އުޅުމަށް ފަހު، އަމިއްލަ ގެއަށް ބަދަލުވެފައިވަނީ އިއްޔެ ކަމުގައި މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!