ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ 18 މީހުން

ދެން އެމްވީ ، ދެން އޮންލައިން

މިއަދު އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 18 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެއްސަކާއި، ބަންގްލަދޭޝްގެ 11 މީހެއް ކަމަށެވެ.

މި 18 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2400 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 416 މީހަކަށެވެ.

އަދި މިއަދު އިތުރު 15 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1969 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން 10 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ފަސް ބިދޭސީންނާއި ފަސް ދިވެހިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!