ޚަބަރު

ބޮޑުފިނޮޅު ހަމަނުޖެހުން: ވެހިކަލް ތަކުގެ ބިއްލޫރިތައް ތަޅާލާ، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ދީފައި

ދެން އެމްވީ ، ދެން އޮންލައިން

ބ. ބޮޑުފިނޮލޫގައި ބިދޭސީން ހިންގި ހަމަނުޖެހުމުގެ ތެރޭގައި އެ ރަށުގައިވާ ވެހިކަލް ތަކުގެ ބިއްލޫރިތައް ތަޅާލާ، ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

Ads by STELCO

ފުލުހުން ބުނީ ބޮޑުފިނޮޅު ސައިޓުގައި ހުރި ވެހިކަލް އަދި މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި ދިވެހީން ރަހީނުކުރި ހުރިހާ ބިދޭސީން ވެސް މި ވަގުތު ތިބީ ފުލުހުންގެ ކޮންޓްރޯލުގައި ކަމަށާއި ރަށްވެސް އޮތީ ފުލުހުންގެ ކޮންޓްރޯލުގައި ކަމަށް ފުލުހުން ބުނެއެވެ.

ގެއްލުން ދީފައިވާ ތަކެތީގެ ތެރޭގައި ހެވީ ލޯޑް ވެހިކަލްތަކާއި، ކަރަންޓް ވަޔަރިންއަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ. އަދި ވެހިކަލްތަކުގެ ލޯގަނޑުތަކާއި ލައިޓްތައްވެސް ވަނީ ތަޅާލާފައެވެ.

މީގެ އިތުރުން އެ ރަށުގެ އޮފީހުގައި ހުރި ދޮރުތަކާއި ހިފާ ގެންގުޅޭ ސާމާއި ތަކެއްޗާއި ލިޔެކިޔުންތައްވެސް ވެސް ވަނީ ހަކާލުކޮށް ގެއްލުން ދީފައެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައި ތިބީ 12 ދިވެހިން ކަމަށާއި އެ އެންމެންވެސް ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ސަލާމަތްކުރި މީހުން މިހާރު ތިބީ އެ ރަށު ޖެޓީ ކައިރީގައި ފުލުހުންނާއެކުއެވެ.

ފުލުހުން ރަށު ތެރެއަށް ވަނުމާއެކު ބިދޭސީންގެ ތެރެއިން ބައެއް މީހުން ވަނީ ޖެޓީއާ ދިމާއަށް ނުކުންނަން ފަށައިފައެވެ. އެއްވެސް މީހަކު އެއްވެސް ހަމަނުޖެހުމެއް ހިންގައިފައެއް ނުވެއެވެ. މީހުން ތިބި ތަނާއި ރަށުގެ އެކި ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!