ޚަބަރު

ރޭޕިސްޓުން ދިފާއު ކުރާނީ ރޭޕިސްޓުންނާ އެއް ލެވަލެއްގެ މީހުން: އައްޒަ

ދެން އެމްވީ ، ދެން އޮންލައިން

ރޭޕް ކުރާ މީހުން ދިފާއު ކުރާނީ ރޭޕިސްޓުންނާ އެއް ލެވަލެއްގެ މީހުން ކަމަށް މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ ބުނެފިއެވެ.

Ads by STELCO

އައްޒަ މިހެން ބުނެފައި މިވަނީ ފިލްމީތަރި ޖުމައްޔިލް ނިމާލް އޭނާގެ ދެބެންދެދަރި ކޮއްކޮއެއް މީގެ ހަތަރު އަހަރު ކުރިން ރޭޕް ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

މީގެ 4 އަހަރު ކުރިން 2016 ވަނަ އަހަރު ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ކަމަށް ބުނެ އެވާހަކަ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ މީސް މީޑިޔާގައި ހިއްސާ ކޮށްފައިވެއެވެ.

އައްޒަ އިންސްޓަގްރާމް ސްޓޯރީގައި އިނގިރޭސިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރޭޕިސްޓުން ދިފާއު ކުރާނީ ރޭޕިސްޓުންނާ އެއް ލެވެލެއްގެ މީހުން ކަމަށެވެ. އަދި އެ އަމަލު ހިންގީ އާއިލާގެ މެމްބަރެއް ކަމަށް ވީނަމަވެސް ރަހުމަތްތެރިއެއް ކަމަށް ވީނަމަވެސް ނުވަތަ ހަޔާތުގެ ބައިވެރިޔާ ކަމަށް ވީނަމަވެސް އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

"ރޭޕިސްޓުން ވާނީ ރޭޕިސްޓުންނަށް." އައްޒަ ބުންޏެވެ.

ރޭޕް ގެ މައްސަލަ ފެންމަތިވުމާއެކު، ޖުމައްޔިލް ގެ ބަރަހަނާ ވީޑިއޯ ވެސް ވަނީ މީސް މީޑިއާ ގައި ދައުރުވާން ފަށާފައެވެ. ބެލެވޭ ގޮތުގައި މި ވީޑިއޯތަކަކީ 'ސްނެޕްޗެޓު' މެދުވެރިކޮށް ޖުމައްޔިލް އަންހެން ކުއްޖަަކަށް ފޮނުވާފައިވާ ވީޑިއޯތަކެއް ގެ ސްކްރީން ރިކޯޑިން އެވެ.

ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ޖުމައްޔިލްގެ ފިލްމުތައް ބޮއިކޮޓުކުރުމަށް ވެސް ގޮވާލަމުންނެވެ.

ޖުމައްޔިލް ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ވަނީ އޭނާގެ ވާޙަކަތައް މީސްމީޑިއާ ގައި ހިއްސާކޮށްފައެވެ. އަދި މިއަދާއި ހަމައަށް ވެސް އޭނާއަށް އިންސާފެއް ނުލިބިފައިވަނީ މައްސަލަ ޕީޖީ އާއި ހަމައަށް ދިޔުމުން ބާރުގެ ބޭނުން ކޮށްގެން އެމައްސަލަ އޮއްބާލާފައި ވާތީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އިން ނިންމާފައިވަނީ "ހެކި ނެތިގެން" ނެވެ.

ނަމަވެސް ޖުމައްޔިލް އަށް ދައުވާ ނުކުރަން ނިންމި ނިންމުން އަލުން ރިވިއުކޮށް އެދައުވާ އަލުން ކުރެވޭނެތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!