ޚަބަރު

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ބ. ބޮޑުފިނޮޅުގައި އިހުތިޖާޖުކޮށް އެރަށުގައި ތިބި ދިވެހީންތަކެއް ރަހީނުކުރި މައްސަލައިގައި 19 ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޕަބްލިކް އޯޠާ ރެސްޕޮންސް ޔުނިޓާއި ތަހުގީގީ ޓީމް އެ ރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝް ހައި ކޮމިޝަންގެ އެހީތެރިކަމާއެކުގައި އެ މީހުންނާ މުއާމަލާތް ކޮށްފައިވާ ކަމަށާއި އެ ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭގޮތުން ފުރަތަމަ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އެރަށަށް ދިއުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު ފުލުހުންނާއެކު އެދުވަހު އިރާކޮޅު ވަގުތެއްގައި ފުލުހުން އެރަށަށް ދިޔުމުން އެ މީހުން ވަނީ ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހެއްގެ ބޯދަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބި ބ. އަތޮޅު ހޮސްޕިޓަލުން އެ މީހުން ފަރުވާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ފުލުހެއްގެ އިނގިލި ބިންދައިގެން ދިޔައިރު އެހެން ފުލުހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭގޮތަށް ޕަބްލިކް އޯޑާ ރެސްޕޮންސް ޔުނިޓަކާއި ތަހުގީގު ޓީމެއްގެ އިތުރުން ބަންގްލަދޭޝް ހައިކޮމިޝަންގެ ދެ އޮފިޝަލުން ރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް ދިވެހީން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފާހަގަކޮށްފައިވާގޮތުގައި އެ ޓީމު ބޮޑުފިނޮޅަށް ދިޔަފަހުން އެއްވެސް ހަމަޖެހުމެއް ހިނގާފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!