ބިދޭސީން، ދިވެހި ބިމުގައި ދިވެހިން ރަހީނު ކުރުމަކީ ގައުމަށް ގައްދާރުވުން: މާރިޔާ
ބިދޭސީން، ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ ގައުމަށް ގައްދާރުވުން ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އިއްޔެ ހެނދުނު 09:30 ހާއިރު ބ. ދޮންފަނުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން އެ ރަށުން ފޭބުމަަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިން، އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ރަހީނު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީންގެ ހައްގު ހޯދަން ރާއްޖޭގެ ކޯޓުތައް، ހިއުމަން ރައިޓްސް ކޮމިޝަން އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަދި އެ ނޫންވެސް ގާނޫނީ އިންތިޒާމުތަކެއް ހުންނަ ކަމަށެވ.
"ބިދޭސީން، ދިވެހި ބިމުގައި ދިވެހިންތަކެއް ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުމުން އޯކޭ ކަމެއް ކަމުގައި ދުށުން އެއީ ގައުމަށް ގައްދާރުވުމުން ކަމުގައި އަޅުގަނޑު ދެކެން." މާރިޔާ ވިދާޅުވިއެވެ.
Bidheyseen ge haggu hoadhan Raajjeyge Court thah, HRCM, LRA adhi minoonves ethah qanoony inthizamthakeh hurey. Bidheysyn, Dhivehi bimugai, Dhivehin raheenukoh, mudhalah gellun dhinumakee, musaara nulibumun OK kameh kamuga dhushun e ee Qawm ah gaddhaaruvun kamah Alhugandu dheken!
— Mariya Didi