އުޝާމްގެ ރައްދު މާރިޔާ އަށް: ބިދޭސީން ހައްގު ހޯދަން މަސައްކަތް ކުރުމުން ވެސް އިންސާފެއް ނުލިބޭ!

ބިދޭސީއަކު އޭނާގެ ހައްގު ހޯދަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން ވެސް ގިނަ ފަހަރު އިންސާފެއް ނުލިބޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ ބިދޭސީންގެ ހައްގު ހޯދަން ރާއްޖޭގެ ކޯޓުތައް، ހިއުމަން ރައިޓްސް ކޮމިޝަން އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަދި އެ ނޫންވެސް ގާނޫނީ އިންތިޒާމުތަކެއް ހުންނަ ކަމަށެވެ. އަދި ބިދޭސީން، ދިވެހި ބިމުގައި ދިވެހިންތަކެއް ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުމުން އޯކޭ ކަމެއް ކަމުގައި ދުށުން އެއީ ގައުމަށް ގައްދާރުވުމުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ އަށް ރައްދު ދެއްވައި އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސާރަ ނުދިނުމުން ރަހީނުކޮށް ތަންތަނަށް ގެއްލުން ދިނުން އޯކޭ އެއް ނޫން ކަމަށާއި ހަމަ އެގޮތަށް މުސާރަ ނުދީ މަސައްކަތް ކުރުމުން ވެސް އޯކޭ އެއް ނޫން ކަމަށެވެ.
"ބިދޭސީއަކު ހައްގު ހޯދަން ކޯޓް، އެޗްއާރުސީއެމް، ލޭބަރ ރިލޭޝަން އަށް ލައިގެން ވެސް ފަސޭހަ ރަހުމަތެއްގައި އަވަސް މުއްދަތެއްގައި އިންސާފު ނުލިބޭތީ މިކަހަލަ މައްސަލަތައް ދިމާވަނީ." އުޝާމް ވިދާޅުވިއެވެ.
Musaara nudhinumun raheenukoh thanthanah gellun dhinun ok ehnoon. Hama egothah musaaara nudhy massakkaiy kuruvunves ok ehnoon.
— Ahmed Usham (@a_usham) July 3, 2020
Bidheyseeaku haggu hoadhan Court, HRCM noony LRA ah laigen faseyha rahumathegga avas muhdhathegga insaafu nulibeythee mikahala massalathah dhimaavany. https://t.co/njJ6pLd8Wn
އިއްޔެ ހެނދުނު 09:30 ހާއިރު ބ. ދޮންފަނުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން އެ ރަށުން ފޭބުމަަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިން ވަނީ އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ރަހީނު ކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުން ވަނީ އެ ރަށަށް އަރައި އިތުރު ހަމަނުޖެހުމަކާ ނުލައި އެ ދިވެހިންތައް ސަލާމަތް ކޮށްފައެވެ.
އެކަމާ ގުޅިގެން އެ ރަށުގައި ހަމަނުޖެހުން ހިންގި ކަމަށް ފާހަގަވީ 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.






ކޮމެންޓް