ބޮޑުފިނޮޅު މައްސަލައިގެ އިތުބާރު ހިފޭ ފުރިހަމަ ތަހުގީގެއް ކުރުމަށް އިންތި ގޮވާލައްވައިފި
ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީނުކުރި މައްސަލައިގެ އިތުބާރު ހިފޭ ފުރިހަމަ ތަހުގީގެއް ކުރުމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގޮވާލައްވައިފިއެވެ.
އިއްޔެ ހެނދުނު 09:30 ހާއިރު ދޮންފަނުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން އެ ރަށުން ފޭބުމަަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިން ވަނީ އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ރަހީނު ކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުން ވަނީ އެ ރަށަށް އަރައި އިތުރު ހަމަނުޖެހުމަކާ ނުލައި އެ ދިވެހިންތައް ސަލާމަތް ކޮށްފައެވެ. އަދި ހަމަނުޖެހުން ހިންގި ކަމަށް ފާހަގަވީ 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުފިނޮޅުގެ ހާދިސާއާއި އެ މައްސަލައާ ގުޅޭ ވަށައިގެންވާ އެންމެހައި ކަމެއް (އުޖޫރައިގެ މައްސަލަ ހިމެނޭގޮތުން) އިތުބާރުހިފޭ ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.
ބޮޑުފިނޮޅުގެ ޙާދިސާއާއި އެ މައްސަލައާ ގުޅޭ ވަށައިގެންވާ އެންމެހައި ކަމެއް (އުޖޫރައިގެ މައްސަލަ ހިމެނޭގޮތުން) އިތުބާރުހިފޭ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ގޮވާލަން.
—