ރޭޕް އަށް ހިތްވަރު ނުދޭނެކަމަށް ބުނެ، ޑާކް ރެއިން އެންޓަޓެއިންމެންޓު ގެ ފިލްމްތަކުން ޖުމައްޔިލް ވަކި ކޮށްފި
ރޭޕް އަށް ހިތްވަރު ނުދޭނެކަމަށް ބުނެ، ޑާކް ރެއިން އެންޓަޓެއިންމެންޓު ގެ ފިލްމްތަކުން ޖުމައްޔިލް ވަކި ކޮށްފިއެވެ.
ޖުމައްޔިލް ނިމާލަށް ރޭޕްގެ ބޮޑޫ ތުހުމަތުތަކެއް ކުރެވިފައިވާއިރު، ޖުމައްޔިލް އަކީ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ހުރިހާ ފިލްމެއްގެ ހެން ލީޑުން ފެނިގެން ގޮސްފައިވާ ތަރިއެެވެ.
ޑާކް ރެއިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ގިނަ ފިލްމްތަކަކުން ފެނިގެން ދިޔަ ޖުމައްޔިލް ގެ ނުހަނު ކަންބޮޑުވާން ޖެހޭ ފަދަ ތުހުމަތުތައް އެ ކުންފުންޏަށް އެނގިފައިވަނީ މީސް މީޑިއާ ގައި އެވާޙަކަ އާންމު ވި ހިސާބުން ކަމަށެވެ.
އަދި މިކަން އެނގުނު އިރު ޖުމައްޔިލް އާއެކު އެކުންފުނިން އެންމެ ފަހުން އުފެއްދި ފިލްމުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައިކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ފިލްމް ވަނީ މި އަހަރުގެ ޖުލައި މަހު ސްކްރީނުގައި އަޅުވަން ހަމަޖެހިފައެވެ.
އެ ކުންފުނީގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މި ތުހުމަތު ތައް ކުރެވުމާއެކު މިހާރު ޖުމައްޔިލް ކުރަން ހުރިހާ މަސައްކަތްތަކަކުން އޭނާ ވަކި ކޮށްފައިވާ ކަމަށެވެ.
އެކުންފުނިން އިތުރަށް ބުނެފައިވަނީ ޖިންސީ އަނިޔާ އާ ރޭޕް އާއި އެކަމަށް ހިތްވަރު ދޭ އެއްވެސް ވިސްނުމެއް ގަބޫލުނުކުރާނެ ކަމަށާއި މިފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ އެންމެހާ ފަރާތްތަކާއެކު މި ކުންފުނިން އަބަދުވެސް ވާނެ ކަމަށެވެ.