ޚަބަރު

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް މެދުރާއްޖެ ތެރޭގެ ރަށެއްގެ ސިއްހީ މަރުކަޒަކުން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަަލައާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުޑަ ކުއްޖެއް ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!