ޚަބަރު

10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 57 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 57 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުން މައުލޫމާތުދޭ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ އެ ފިރިހެންމީހާ އަކީ ދިވެއްސެކެވެ. އަދި އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ކ. އއ. އދ. އަދި ވ. އަތޮޅުގެ ރަށެއްގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކުއްޖާ ރޭޕްކުރީ އިތުރުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ދެ ކުޑަ ކުއްޖަކު ވަނީ ބަލިވެ އިނދެފަ އެވެ. އަދިި ކުޑަ ދެކުދިން ރޭޕް ކުރި ދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!