Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަނީ

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަނީ

ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް، އެ ރަށުގައި ތިބި ދިވެހިންތަކެއް ރަހީނުކޮށް، ހަމަނުޖެހުން ހިންގި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބަލަން ނިންމައިފި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ދެން އެންމެ އަވަހަށް ބޭއްވޭ ބައްދަލުވުމަށް އެ މައްސަލަ މިހާރު އެޖެންޑާކޮށްފައިވާ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ އެ ކޮމިޓީން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

"އަދި ކޮޅެއް މެދެއް ފެންނަވަރެއް ނުވޭ،" އުޝާމް ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް