ޚަބަރު

އަަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާ އެކު، ނިޒާމް އިސްލާހު ކުރަން ޖެހޭ: ޖެންޑާ މިނިސްޓަރު

ދެން އެމްވީ ، ދެން އޮންލައިން

ޖިންސީ އަނިޔާއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންގެ އަޑު އިވޭ ކަމަށާއި ނިޒާމް އިސްލާހު ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭޕް ކުރުމާއި ޖިންސީ އަނިޔާ ދެކޮޅަށް މިއަދުވެސް މާލޭގައި ވަނީ މުޒާހަރާކޮށްފައެވެ.

އެ މުޒާހަރާ ގުޅޭގޮތުން މިނިސްޓަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖިންސީ އަނިޔާ ލިބޭ މީހުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އެކަމަނާއަށް ވެސް އަޑު އިވިލައްވާ ކަމަށާއި ޒަމާނުއްސުރެން ހައްލު ނުވެފައި އޮތް މައްސަލަ އަށް އިސްލާހީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ.

"މިހާރު އޮތް ނިޒާމް ފެއިލްްވެފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ. އެ ނިޒާމްގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް ވަނީ ނުކުޅެދީފައި. ނިޒާމް އިސްލާހްކުރަން ޖެހޭ އެކަން އަދި އަވަސް ކުރަން ވެސް ޖެހޭ. އެގޮތުން ސޯޝަލް ރިފޯމާއި ތަހުގީގުކުރާގޮތާއި ދައުވާކުރާގޮތާއި އަދި އޭގެ ތެރޭގައި ހިމެނޭ ހުރިހާ މަރުހަލާތަކެއް އިސްލާހްކުރަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަޑު އުފުލާ ފަރާތްތަކުގެ އޮތް ކަންބޮޑުވުން އެކަމަނާއަށް ވެސް ހިއްސާވެވަޑައިގަންނަވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!