މެއި މަހުގެ އިންފްލޭޝަން ރޭޓް މަތިވެއްޖެ
މެއި މަހުގެ ރާއްޖޭގެ އިންފްލޭޝަން ރޭޓު ނުވަތަ މުދަލާއި ހިދުމަތުގެ އަގު 0.05 އިންސައްތަ މަތިވެއްޖެއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އިން ނެރެފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުގައި މެއި މަހުގެ އިންފްލޭޝަން 0.05 އިންސައްތަ ވަނީ މަތިވެފައެވެ. އޭޕްރިލް މަހުގެ އިންފްލޭޝަން އުޅެނީ އެއަށްވުރެ 3.25 ޕަސެންޓް ދަށުގަ އެވެ. މަހުގެ އަގަށް އައި ބަދަލު ނުލައި ބަލާނަމަ އިންފްލޭޝަން ރޭޓް އުޅެނީ 0.04 އިންސައްތަ ދަށުގަ އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އިންޕްލޭޝަން ރޭޓަށްބަލާއިރު ހުރީ 3.43 އިންސައްތަ ދަށުގަ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 3.87 އިންސައްތަ ދަށްވެފައި ކަަމށާއި މިދިޔަ އަހަރުގެ އެޕްރީލުން މި އަހަރުގެ އެޕްރީލް މަހާ ހަމަށް ބަލާނަމަ އިންފްލޭޝަން ރޭޓް އުޅެނީ 3.62 އިންސައްތަ ދަށުގައި ކަމަށެވެ.
އިންފްލޭޝަން މަތިވި ދާއިރާތައް
- މޭވާ އާއި ތަރުކާރީ (11.41+)
- މަހުގެ ބައިގެ ބައިން (2.02 +)
- މޮބައިލް ހިދުމަތްތަކުގެ ބައިން (0.65+)
- ބިހާއި ކިރު ފަދަ ތަކެތީގެ ބައިން (0.56+)
- އިންޓަނެޓުގެ ބައިން (1.16 +)
- މުއާސަލާތީ ހިދުމަތްތަކުގެ ބައިން (0.49 +)