Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ރާއްޖެއިން ޔޫކޭ އަށް ދާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭ

ރާއްޖެއިން ޔޫކޭ އަށް ދާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭ

ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 59 ގައުމަކުން އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީނުގައި ތިބެން ނުޖެހޭ ގޮތަށް ވަނީ ނިންމައިފިއެވެ.

ނަމަވެސް އިނގިރޭސިވިލާތުން ދަތުރު ކުރުމުގައި ލުއިތަކެއް ދޭން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނުމާއެކު، ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ ފަރާތްތަކުން 14 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭނެއެވެ.

އިނގިރޭސިވިލާތުން ލުއި ދީފައިވަނީ ކޮވިޑް19 މުޅިން ކޮންޓްރޯލް ވެފައިވާ ގައުމުތަށް އެކަންޏެވެ. އެގޮތުން މި ލިސްޓުގައި ޓޫރިޒަމްގެ މަގުބޫލު މަންޒިލްތައް ކަމަށްވާ މޮރިޝަސް، ސީޝެލްސް ފަދަ ގައުމުތައް ހިމެނޭއިރު އޭޝިއާ ޕެސިފިކް ސަރަހައްދުން ޖަޕާނާއި ވިއެޓްނާމާއި ހޮންކޮންގް ފަދަ ގައުމުތައް ވެސް ހިމެނެއެވެ.

Advertisement
Ooredoo — Truecaller (box)

ހަމައެހެންމެ ޔޫރަޕުގެ ގައުމުތައް ކަމުގައިވާ ޖަރުމަނާއި ގްރީސް، ޑެންމާކް އިޓަލީ ވެސް މި ލިސްޓުގައި ހިމެނެއެވެ.

ކޮވިޑް-19ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާނީ މި މަހުގެ 15 ގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް