ޚަބަރު

ޖޫން މަހުގެ ކަރަންޓު ބިލަށް ވެސް 40% ދޭން ފެނަކަ އިން ނިންމައިފި!

ދެން އެމްވީ ، ދެން އޮންލައިން

ނިމިދިޔަ ޖޫން މަހުގެ ކަރަންޓު ބިލަށް ވެސް 40% ޑިސްކައުންޓް ދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

Ads by STELCO

ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޖޫން މަހުގެ ކަރަންޓު ބިިލްތަކުން 40% ޑިސްކައުންޓު ފެނަކަައިގެ ކަސްޓަމަރުންނަށް ވެސް ދިނުމަށް ސަރުކާރުން ނިންމަވައިފި ކަމަށެވެ.

އައު އާއްމުހާލަތު ފެށުމާއެކު، ނިމިދިޔަ ޖޫން މަހުގެ ކަރަންޓު އިންތިހާއަށް ބޮޑުވެފައި އޮތުމުން، ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން އެމައްސަލައަށް ރައްޔިތުންގެ މަޖިލިހުން ވެސް ބަހުސްކޮށް، މިހާރު ވަނީ ކޮވިޑް ޑިސްކައުންޓް ޖޫން މަހުގެ ބިލަށް ވެސް ދިނުމަށް ނިންމަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!