މުނިފޫހިފިލުވުން

ނިއުމާގެ ބަސް: އޭރު ރޭޕް އާ އެއްކޮޅު، މިހާރު ދެކޮޅު

ދެން އެމްވީ ، ދެން އޮންލައިން

މީސް މީޑިޔާގައި މިހާރު އެންމެ ވައިގައި ހިފާފައިވާ ވާހަކަ އަކީ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ ތުހުމަތު ތަކެވެ. މީގެ 4 އަހަރު ކުރިން 2016 ވަނަ އަހަރު ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ކަމަށް ބުނެ އެވާހަކަ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ މީސް މީޑިޔާގައި ހިއްސާ ކޮށްފައިވެއެވެ.

Ads by Sosun Fihaara

މައްސަލަ އަލުން ފެންމަތިވުމާއެކު ބައެއް ފިލްމީ ތަރިން ވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި ޖުމައްޔިލް ގެ ފިލްމުތަކުގެ އަސްލުކަމުގައިވާ ޑާކްރެއިން އެންޓަޓެއިންމެންޓުން ވެސް ވަނީ ޖިންސީ އަނިޔާ އަށް ހިތްވަރު ނުދޭނެ ކަމަށް ބުނެ އެ ކުންފުނީގެ ހުރިހާ ކަމަކުން ޖުމައްޔިލް ވަކި ކޮށްފައެވެ.

ފިލްމު އަނިޔާގެ މަންޒަރެއް

ނަމަވެސް މިކަމުގައި ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ޚިޔާލު ވަރަށް ތަފާތެވެ.

ނިއުމާ މިއަދު އޭނާގެ ފޭސްބުކު ގައި ކޮށްފައިވާ ސްޓޭޓަސް ގައި ބުނެފައިވާ ގޮތުގައި މިއަދު ޖުމައްޔިލް އާ ދެކޮޅަށް ފިލްމީ ދާއިރާގައި އަޑުއުފުލަމުން ދާ ގިނަ މީހުންނަކީ އޭނާގެ މައްސަލަ އޮތްކަން އެނގިތިބެމެ ވެސް އޭނާއާއެކު ފިލްމު ކުޅެ ނުވަތަ އޭނާ ލައްވާ ފިލްމު ކުޅުވި މީހުން ކަމަށެވެ.

"މިހާރު ދެން ކީކޭ މި ކިޔަނީ؟ އޭރު ރޭޕް އާ އެއްކޮޅު، މިހާރު ރޭޕް އާ ދެކޮޅު" ނިއުމާ ބުނެފައިވެއެވެ.

ނިއުމާ މިހެން ބުނެފައިވާއިރު ރޭޕްގެ މައްސަަލައޮތްކަން ކުރިންވެސް ޑާކް ރެއިން އެންޓާޓެއިންމެންޓަށް އެނގޭނެ ކަމަށް ރޭޕްގެ ޝިކާރަ އަކަށް ވި އަންހެން ކުއްޖާ ވަނީ ބުނެފައެވެ. އެގޮތުން އެ މައްސަލަަަ އާ ގުޅިގެން އޭރު ކުރަމުން އައި ފިލްމުގެ މަސައްކަތް ދުވަސްކޮޅަކަށް ހުއްޓުނު ކަމަށާއި ނަމަވެސް ފަހުން އެ ފިލްމު ގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުއްޖާ ބުނެފައިވެއެވެ.

ޑާކް ރެއިން އެންޓާޓެއިންމެންޓުން ވަނީ ކުރިން ޖުމައްޔިލްގެ އެ މައްސަލަ ނޭނގޭ ކަމަށާއި އެނގިފައިވަނީ ދާދި ފަހުން މީސް މީޑިއާ ގައި މިވާހަކަ ދެކެވެން ފެށުމުން ކަމުގައި ބުނެފައެވެ.

މާޔޫސް ފިލްމް

ޖުމައްޔިލް ނިމާލް އެންމެ ފުރަތަމަ ފިލްމީ ދާއިރާ އަށް ތައާރަފް ވި ފިލްމު ކަމުގައިވާ 'އަނިޔާ' ފިލްމުގެ ރޯލުން ފެނިގެން ގޮސްފައިވަނީ ނިއުމާއެވެ. އެ ފިލްމުން 8 ވަނަ ފިލްމު އެވޯޑްސް ގެ ބެސްޓު މޭލް ޑެބުޓް އެވޯޑުވެސް ޖުމައްޔިލް އަށް ލިބިފައިވެއެވެ.

މީގެ އިތުރުން ބައިސްކޯފުން މިހާރު ދައްކަމުން އަންނަ މާޔޫސް ފިލްމުން ވެސް މި ދެތަރިން އެކުގައި ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް މިއީ ޖުމައްޔިލް އަށް ރޭޕުގެ ތުހުމަތުގެ ކުރެވުނު 2016 ވަަނަ އަހަރުގެ ކުރިން ކުޅެފައިވާ ފިލްމުތަކެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!