Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޝެއިހް އިލްޔާސް ސިޔާސީ ކަންކަމާ ނުބެހުމަށް މެންބަރު ނިހާދު އިލްތިމާސްކޮށްފި

ޝެއިހް އިލްޔާސް ސިޔާސީ ކަންކަމާ ނުބެހުމަށް މެންބަރު ނިހާދު އިލްތިމާސްކޮށްފި

ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ސިޔާސީ ކަންކަމާއި ނުބެހުމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އިލްތިމާސް ކުރައްވައިފިއެވެ.

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މިހެން ވިދާޅުވީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާ ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައެވެ.

އިލްޔާސް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހައްދުފަހަނައަޅާފައިވާ ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. ތިން ބާރު ވަކިކޮށްފައިވާ ނިޒާމެއް އެކުލަލަވާލާފައިވާ އިރު، ކޮންމެ ބާރަކަށް ވެސް އިންތަކަކާއި މިންތަކެއް ކަނޑައެޅިފައިވާ ކަމަށާއި އެ މިންތައް ކަނޑައަޅާ، ބަޔާންކޮށްފައި ވަނިކޮށް މަޖިލީހުން ޖިނާއީ ތަހުގީގުތައް ހިންގަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތައް ހިންގުމުގައި މަޖިލީހުން އަމުރު ކުރާ ހިސާބަށް ކަންކަން ދިއުމުން މަޖިލިސް ހައްދުފަހަނަ އަޅާފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އިލްޔާސް އަށް ރައްދު ދެއްވައި މެންބަރު ނިހާދު ވަނީ 'ހޮޅި ވާހަކަ' ނުދެއްކުމަށް ޝެއިޚް އިލްޔާސް ގެ އަރިހުން އެދިފައެވެ.

އަދި ސިޔާސީ ކަންކަމާއި ނުބެހި ދީނީ ކަންކަމާއިގެން ކުރިއަށް ދިއުމަށް އެދިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް