ޚަބަރު

ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކުޑަ ކުއްޖަކު ރޭޕްކޮށް ޖިންސީ ގޯނާކޮށްފައިވާ މީހެއްގެ ވަނަވަރު އާންމުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓުމަށް އަމުރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ/މިޔަވާލި، ޙުސައިން ޒާހިނު (33އ) އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންގެ ކްރައިމްސް އަގެންސްޓް ޗިލްރަން ޑިޕާޓްމަންޓުންނެވެ.

ފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!