މުނިފޫހިފިލުވުން

ސަލްމާން ބިގް ބޮސް ހުށަހަޅައިދެނީ ކިހާ ވަރަކަށް ކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ބިގްބޮސް އަކީ އިންޑިއާ ގެ ރިއަލިޓީ ޝޯ ތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޝޯއެވެ. އަދި މި ޝޯ ގެ ހޯސްޓަކަށް ސަލްމާން ޚާން ވުމީ މި ޝޯގެ މަގުބޫލު ކަން އިތުރުވާ އެއް ސަަބަބު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ބިގް ބޮސް ގެ މިއަހަރުގެ ސީޒަން އިން ސަލްމާން ނުފެންނާނެ ކަމަށް އަޑު ފެތުރުނު ކަމުގައި ވީ ނަމަވެސް ސަލްމާން މިއަހަރުގެ ޝޯ އިން ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް އަނެއްކާ ވެސް ވަނީ ބުނަން ފަށާފައެވެ.

އަދި މި އަހަރުގެ ޝޯ ހޯސްޓު ކުރުމަށް ސަލްމާން މިދިޔަ އަހަރަށް ވުރެ ވެސް ބޮޑު އަދަދެއް ނަގާނެ ކަމަށް ވެސް ވަނީ ވާޙަކަ ދެކެވިފައެވެ. ފާއިތުވި ސީޒަން ގެ ޝޯ ތައް ސަލްމާން ހޯސްޓުކޮށްފައިވަނީ 14 ކަރޯޑު އިންޑިއަން ރުޕީސްއަށެވެ.

އަދި މި ސީޒަން އަށް ތައްޔާރުވުމުގެ ސަލްމާން މިހާރުވަނީ 30 މީހެއްގެ އޮޑިޝަން ވެސް އޮންލައިިން ކޮށް ބާއްވާފައެވެ.

އަދި މި އަހަރުގެ ބިގް ބޮސް ގެ ތީމަކަސް ވެގެންދާނީ ޖަންގަލް ތީމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!