ޚަބަރު

ޓެކްސީ ޑްރައިވަރު އައިންތުގެ ކާރަށް ގެއްލުންދިން މީހާ 21،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި ޓެކްސީ ދުއްވާ އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ގެއްލުން ދިން މީހާ 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

Ads by STELCO

އައިންތުގެ ކާރު ޕާކް ކޮށްފައި އޮއްވައި އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގައެވެ.

އެ ކާރަށް ގެއްލުން ދިން މައްސަލައިގައި ދެ މީހަކު އޭރު ހައްޔަރު ކުރިއެވެ. އޭގެ ކުރިން ވެސް އެކި ފަހަރު މަތިން އެ ކާރަށް ބަޔަކު ގެއްލުން  ދިނެވެ. ނަމަވެސް އެ މައްސަލައިގައި އޭރު އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެ އެވެ.

އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލައިގައި އެންމެ ފަހުން ދައުވާ ކުރީ، ގ. އާފަތިސް، މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ. އޭނާ ވަނީ ކޯޓުގައި އެ ކުށަށް އެއްބަސްވެ، އިތުރު މީހަކާ ގުޅިގެން އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް އިއުތިރާފް ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!