ދުނިޔެ

ސަމާލުވޭ! ބުޅަލުގެ ޒަރީޢާއިން ފެތުރޭ ގޮތް ނޭނގޭ ބަލިމަޑުކަމެއްގަައި ބަޔަކު މަރުވަނީ!

ދެން އެމްވީ ، ދެން އޮންލައިން

މެލަބޯން ގައި އުމުރުން 80 އަހަރުގެ އަންހެނަކަށް އޭނާ ގެންގުޅުނު ބުޅަލެެއް ކުރި ކަމަކުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެއަންހެން މީހާގެ ހަށިގަނޑުގައި ހުރި ޒަޚަމްތަކެއްގެ މަތީގައި، ބުޅާ ދޫ ހޭކުމުން މާގިނަ އިރުތަކެއް ނުވެ އެމީހާވަނީ އެންމެ ފުރަތަމަ ކޯމާ އަކަށް ގޮސްފައެވެ. ޑޮކްޓަރުން ބުނެފައިވަނީ ބުޅަލުގެ ކުޅު އެޒަޚަމްތަކުގައި ހޭކުމުން ބެކްޓީރިއަލް މެނިންގިޓިސް ޖެހުނީ ކަމަށެވެ. އަދި އެބުޅަލަށް ވެސް މިބަލި ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އަންހެންމީހާ އޮތީ ކޯމާއެއްގައިކަން އެނގުނީ ވަރަށް ގިނަ ވަގުތު ވަންދެން އޭނާގެ ހަރަކާތްތައް ހުއްޓިފައިވާކަން އެނގުމުން ކަމަށް އެއާއިލާއިން ބުނެފައިވެއެވެ. އަންހެންމީހާ މަރުވެފައިވަނީ ކޯމާ އެއްގައި އޮތްތާ އެއް ދުވަސް ފަހުންނެވެ.

އޮސްޓިން ހެލްތުގެ ޑިރެކްޓަފ އޮފް އިންފެކްޝަސް ޑިޒީޒެސް ލިންޑްސޭ ގްރޭސަން ބުނީ ބުޅަލުގެ ކުޅުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހިގެން ކޮންމެ ހަފްތާއަކަކު ނަމަވެސް އެބަ މަަރުވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!