ބަރުދަން ލުއިކުރަން ބޭނުންވިޔަސް، މި ވަގުތުތަކުގައި ގްރީން ޓީ ނުބޯތި
ބަރުދަން ލުއިކޮށްލުމަށާއި ނުރައްކާތެރި ބަލިތަކުން ރައްކާތެރިވެތިބުމަށްޓަކައި ކޮންމެ ދުވަހަކު ގްރީން ޓީ ބޭނުންކުރާ މީހުން ގެ އަދަދު އަންނަނީ ދިވެހިންގެ މެދުގައި ވެސް އިތުރުވަމުންނެވެ.
ނަމަވެސް ދުނިޔޭގެ ސިއްހަތާއި ބެހޭ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އާންމު ގޮތެއްގައި ގިނަ މީހުން ގްރީންޓީ ބޭނުންކުރަމުންދަނީ ރަނގަޅަކަށް ނޫނެވެ. އަދި ގްރީން ޓީ ބޮއެ އުޅެނީ ވެސް ރަނގަޅު ވަގުތުތަކުގައެއް ނޫނެވެ.
ފުރަތަމަ ކަމަކަށް މާހިރުން ފާހަގަކޮށްފައިވާ ކަމަކީ ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ ގްރީން ޓީ ބުއިން ރައްކާތެރި ނޫން ކަމެވެ. ހެނދުނު ގަޑީގައި ގްރީން ޓީ ބޯން ބޭނުންވާނަމބުއިމުގެ ކުރިން ހޫނު ފެނަށް ލުބޯ އާއި މާމުއި އަޅާލައިގެން ބޯލުން މާ ފައިދާ ބޮޑުކަމުގައި ޑޮކްޓަރުން ފާހަގަކުރެއެވެ.
މީގެ އިތުރުން ކެއުމަށް ފަހު ވަގުތުން ގްރީން ޓީ ބުއިމަކީ ވެސް އެކަމުގައި ސަބަބުން ވައިގެ މައްސަލަތައް ދިމާވެ މީހާއަށް އުނދަގޫ ތަކާ ކުރިމަތިވާ ކަމެކެވެ. އެހެންކަމުން ކެއުމަށްފަހު ގްރީން ޓީ ބޯނަމަ ތިރީސް ނުވަތަ ސާޅީސްފަސް މިނިޓް ފަހުން ގްރީންޓީ ބުއިން އެދެވިގެންވެއެވެ.
މީގެ އިތުރުން ސަމާލުކަން ދޭންޖެހޭ އަނެއްކަމަކީ ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ބުއިން އެކަށީގެންވަނީ ތިން ތަށި ނުވަތަ 100-750 މިލިގުރާމް ބުއިމަށެވެ.