ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަނީ
ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކު ޖިންސީ ޝިކާރައަކަށްވެ ބަލިވެ އިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އުމުރުން 15 ވަރަކަށް އަހަރުގެ ކުއްޖާ އަށް ޖިންސި އަނިޔާކޮށް ބަލިވެ އިން މައްސަލަ އެ މިނިސްޓްރީ އަށް ހުށަހެޅީ މީގެ އަށް މަސް ކުރިން ކަމަށެވެ.
ނަމަވެސް އެ މައްސަލައިފައި އަނިޔާ ލިބުނު ކުއްޖާ އަދި ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ކާކަށް ކަމެއް އަދި އެ މައްސަލައާ ބެހޭ އިތުރުރު އެއްވެސް ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ. ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ފަނަރަ އަހަރުގެ ކުއްޖަކު ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ ބަލިވެ އިން މައްސަލައެއް ބަލާކަން އެނގިފައި މިވަނީ އުމުރުން އަދި ދެ އަހަރު ނުވާ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ހައްޔަރުކޮށްފައި ވަނިކޮށެވެ.
ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ދިން މައްސަލައެއް ވެސް މިއަދު ވަނީ ފެންމަތިވެފަ އެވެ.