ޚަބަރު

ބްރިޖް މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ވެގެން ހިފަހައްޓައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިނަމާލެ ބްރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ވެގެން ހިފަހައްޓައިފިއެވެ.

Ads by Sosun Fihaara

"ދެން" އަށް އެނގިފައިވާ ގޮތުގައި ބްރިޖު މަތިން ފުންމާލަން އުޅުނީ ފިރިހެނެކެވެ.

އެމީހާ ފުންމާލަން އުޅުނު މަންޒަރު ފެނިފައިވަނީ އެސަރަޙައްދުގައި ކަސްރަތު ކުރަން އުޅުނު ބަޔަކަށް ކަމަށް އެތަނުގައި ހުރި މީހަކު "ދެން" އަށް މައުލޫމާތު ދީފައިވެއެވެ.

އެމީހާ ހުއްޓުވާ، ފުލުހުންނާ މިހާރު ވަނީ ހަވާލު ކޮށްފައެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ 8:20 ހާއިރު ބްރިޖު މަތިން ފުންމާލަން އުޅުނު މީހަކު، އާންމުންގެ އެހީތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.

"އޭނާ އަށް އެހީތެރިވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން" ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!