ސިފައިންނަށް އިންޓަނެޓު ހިދުމަތް ދޭނެ ބަޔަކު ހޯދަނީ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް އިންޓަނެޓުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ބޭނުންވާ އިންޓަނެޓްގެ ހިދުމަތް ދިނުމާށާއި، ވައިޑް އޭރިއާ ނެޓްވޯކް އެންހޭންސްކޮށް އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000ރ. ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ގޮތުގައި ވާއިރު، މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އީމެއިލް ކުރުމަށްވެސް އިއުލާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގެ އިންޓަނެޓް ހިދުމަތަށް ރައްޔިތުންގެ ގިނަ ފާޑުކިޔުންތައް އަމާޒުވާއިރު މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ އިތުރުން އިސް މަގާމުތަކުގެ ބޭފުޅުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދެނީ އުރީދޫ، ދިރާގު އަދި އާރޯއެލްއިންނެވެ.
މީ ވަރަށް ދެރަވެއްޖެ ކަމެއް. ޢަހަރަމެން ތި އެއް ބޭނުމެއް ނޫން. 300 ހާ ސިފައިންގެ ލާރި ނަގާފަ ފުލެޓް ދޭނެމޭ ކިޔާފަ ނިކަން އެ ފްލެޓް ނިންމާފަ ހައްޤްވެރިންއަށް ދީ ބަލަ. އިބްރާހިމް ސޯލިހު މާރިޔާ ވެރިކަމަށް އަންނަން އަދި ވެރިކަމަށް އައިސް ދެއްކި ވާހަކަ އަހަރަމެން ވަރަށް ރަގަޅަށް ހަދާން އެބަހުރި. 6 މަސް ތެރޭ ނިންމާ ހަވާލު ކުރާނަމަމޭ . މިހާރު ވެސް އެތާ މަސައްކަތް ނުކުރާތާ 3 މަސް. ޥަރަށް ބޮޑަށް ގޮތް ހުސްވެފަ މި ތިބޭނީ ހެޔޮނުވާނެ އަހަތަމެން ރުޅިނަރުވާ