ޚަބަރު

ކައުންސިލް އިންތިހާބަށް ރީރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން 2021 މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ "ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާނީ، މާލެ ފިޔަވައި އެހެން ސިޓީތަކުގެ ސިޓީ ކައުންސިލުތަކާއި، ރަށް ރަށުގެ ރަށު ކައުންސިލުތަކުގެ އިދާރާއިންނެވެ. މާލެ ސިޓީގައި އެ އިންތިޒާމު ހަމަޖައްސާނީ އިންތިޚާބާ ބެހޭ މަރުކަޒުންނެވެ.
މި މުއްދަތުގައި ރިރަޖިސްޓަރީ ކުރަން ހުށަހަޅަންޖެހޭނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައި އިންތިޚާބު ބާއްވަން ނިންމުމުން އެއިރު ރަޖިސްޓަރީކުރި ތަން ނޫން އެހެން ތަނެއްގައި ހުންނަ އިންތިޚާބީ މަރުކަޒަކަށް ވޯޓުލާންޖެހޭ ފަރާތްތަކުންނެވެ.
ރިސޯޓްތަކާއި ޖަލުތަކާއި ކުއަލަލަންޕޫރާއި، ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މިފަހަރުގެ އިންތިޚާބުގައި ވޯޓްލާނަމަ އަލުން ރީ ރަޖިސްޓްރީވާން ޖެހޭނެކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!