މުނިފޫހިފިލުވުން

އެކްސިޑެންޓެއްގައި ޝަބާނާ އަޒްމީއަށް އަނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މަގުމަތީގެ އެކްސިޑެންޓެއްގައި ބޮލީވުޑްގެ ލެޖެންޑަރީ ތަރި ޝަބާނާ އަޒްމީއަށް އަނިޔާވެއްޖެއެވެ.

އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ އޭނާގެ ކާރު، ޓްރަކެއްގައި ޖެހިގެންނެވެ.

އެ ކާރުން އުމުރުން 69 އަހަރުގެ އެކްޓްރެސް ޝަބާނާއާއެކު އޭނާގެ ފިރިމީހާ ޖާވިދު އަޚުތަރު ވެސް ދަތުރުކުރިއެވެ. ނަމަވެސް ޖާވިދު އަޚުތަރަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހަބަރުތައް ބުނެއެވެ.

އިއްޔެ ހިނގި އެކްސިޑެންޓާ ގުޅިގެން ޝަބާނާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ ނަވީ މުމްބާއީގައި ހުންނަ އެމްޖީއެމް ހޮސްޕިޓަލަށެވެ. ނަމަވެސް ޝަބާނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!