ޚަބަރު

ފިލިކަމަށް އިއުތިރާފުވެ ވީހާވެސް ކުޑަ އަދަބެއް ދިނުމަށް ލުޠުފީ އެދިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލިކަމަށް އޭނާ އިއުތިރާފުވެ، ހުކުމް ކޮށްދޭން އެދިއްޖެއެވެ.

Ads by Sosun Fihaara

ލުތުފީގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރާ މަރުކަޒުން ފިލުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގައި ބުނެފައި ވަނީ ލުތުފީގެ މައްޗަށް ދައުވާ ކުރަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާ ނުލާ ފިލައިގެން އުޅެފައިވާ ކަމަށެވެ.

މި މައްސަލައިގައި މިއަދު އޮތް ޝަރީޢަތުގައި ވާހަކަ ދައްކަމުން އޭނާ ވަނީ ބޭސްފަރުވާއަށް ފޮނުވުމުން ފިލިކަމަށް އެއްބަސްވެ އެންމެ ވީހާވެސް އަވަހަށް ހުކުމް ކޮށްދިނުމަށާއި، ވީއެންމެ ކުޑަ ޙުކުމެއް ކުރުމަށް ޝަރީޢަތުގައި އެދިފައެވެ.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. މިހާރު އޭނާގެ ހުކުމްގައި އޮތީ ހަތަރު އަހަރާ ދުވަސް ކޮޅެކެވެ.

ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެ ގެނައިއިރު، މާލެ ގެނައި ގޮތަށް ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!