ޚަބަރު

ހޯނޑެއްދޫން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ގދ. ހޯނޑެއްދޫން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

Ads by Hajj Corporation

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ ރޭ 1:14 ހާއިރު ފެނިފައިވާކަން އާއިލާއިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އިއްޔެ ގެއްލިގެން ހޯދަމުންދިޔައީ ރަށު ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދެވެ. އޭނާ ގެއްލިގެން އުޅޭކަން ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 9:37 ހާއިރެވެ.

ޝަޒުވާން ފެނިފައިވަނީ ފުލުހުން އޭނާ ހޯދުމަށް އެ ރަށަށް ދިއުމަށް ތައްޔާރުވަމުންދަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!