ޚަބަރު

ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް 15 ދުވަސް

ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ 23:04 ހާއިރު ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ ބަންދަށް މިއަދު ކޯޓުން ވަނީ 15 ދުވަސް ޖަހާފައި ކަމަށެވެ. މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ދެކުނުގެ އެހެން ރަށެއްގައި ދެ އަހަަރުގެ ކުޑަކުއްޖަކު ރޭޕްކުރުމުގެ މައްސަލައެއްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެ މައްސަލައިގައި އެ ކުޑަކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައިގައި ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލަރުންނާ ރޭ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ވަނީ ސުވާލުވެސްކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!