ޚަބަރު

ހިމިބިއްސަށް ހާއްސަ ދެ ސެންޓަރު މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ހިމަބިހި ފެތުރެމުން އަންނާތީ ބައްޔަށް ސްކްރީންކުރާނެ ސެންޓަރަކާއި، ހިމަބިހީގެ ވެކްސިން ދޭނެ ސެންޓަރެއް ގާއިމުކޮށްފިއެވެ.

Ads by Hajj Corporation

ހިމަބިހީގެ ސްކްރީނިން ސެންޓަރު ގާއިމުކޮށްފައި ވަނީ ހުޅުމާލޭ އޯޓިޒަމް ސެންޓަރާ ޖެހިގެން އުތުރަށް ހުންނަ ޕްރީ ސްކޫލް އިމާރާތުގައެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް އެ ސެންޓަރުގައި ބައްޔަށް ސްކްރީން ކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.

އެހެންކަމުން ހުމާއެކު ގައިގައި ކުދި ބިހިތަކެއް ނަގާނަމަ، އެ ސެންޓަރަށް ގޮސް ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ 7289259 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހިމިބިހީގެ ވެކްސިނޭޝަން ސެންޓަރު ގާއިމުކޮށްފައި ވަނީ މާލޭ ސޯޝަލް ސެންޓަރުގައެވެ. ހެލްތު މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އާދެމެދު އެ ސެންޓަރުގައި އުމުރުން ހަ މަހާއި 18 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހިމަބިއްސަށް ދޭ ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ކުދިންނަށް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް 7492509 އަށް ގުޅަން ހެލްތުން ވަނީ އެދިފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު، ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެއީ ތިން އަހަރުގެ ފިރިހެން ކުއްޖަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި އިތުރު ދެ މީހަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!