ޚަބަރު

ކުއްޖާގެ ބައްޕައާ ގާތް ގުޅުމެއް ނޯވޭ، ދައްކަނީ ހަގީގަތެއް ނެތް ވާހަކައެއް: އޭސީޕީ ރިޔާޒު

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕައަކީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒުއާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް ރިޔާޒު ދޮގު ކުރައްވައިފިއެވެ.

Ads by STELCO

ކުއްޖާގެ ބައްޕަ ހައްޔަރު ކުރުމުގައި ފުލުހުން ލަސްކުރަމުން ދިޔައީ ރިޔާޒާއި ކުއްޖާގެ ބައްޕަ ދެމެދު ގާތް ގުޅުމެއް އޮންނާތީ ކަމަށް މީސް މީޑިއާގައި ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވާ ފޭސްބުކްގައި ރިޔާޒު ކުރެއްވި ޕޯސްޓެއް ވިދާޅުވީ އެފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން ގެންދަނީ އޭނާ މަސައްކަތް ކުރައްވާ ދާއިރާގެ ސަބަބުން ކަމަށެވެ. އަދި މީގެކުރިން އެ ތުހުމަތުތަކަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވީ ވެސް އެކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގައި އެންމެ ފަހުން އެއްޗެއް ވިދާޅުވާން ޖެހުނީ އެ ވާހަކަތަކުގެ ސަބަބުން ރިޔާޒުގެ އާއިލާއަށް ކުރިމަތިވެދާނެ ހިތާމައާ ނުރައްކަލުގެ ސަބަބުން ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނަމުން ދަނީ ކުއްޖާގެ ބައްޕައަކީ އޭސީޕީ ރިޔާޒުގެ ކުޑައިރުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އެހެންނަމަވެސް ފޭސްބުކް ޕޯސްޓުގައި ރިޔާޒު ވަނީ އެކަންވެސް ދޮގު ކުރއްވާފައެވެ. އެގޮތުން ކުއްޖާގެ ބައްޕައާ ރިޔާޒްއާ އެއްވެސް ގުޅުމެއް އެއްވެސް އިރެއްގައި ނޯންނާނެ ކަމަށާއި އެމީހާއަށް ހިމާޔަތް ދިނުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި، ހައްޔަރުކޮށްފައިވާ މީހުންނަކީ އެކުއްޖާގެ ބައްޕައާ ކުއްޖާގެ ކާފަ އަދި މުނިކާފައެވެ. ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!