ސޯސަން ފިހާރަ ފަޅާލައިފި ، ވަގަށް ގެންދިޔައީ ކޯރާޑި ތެޔޮފުޅިތަކެއް
ހުޅުމާލޭގައި ހުންނަ ސޯސަން ފިހާރަަ ފަޅާލައި އެތަނުން ކޯރާޑި ތެޔޮ ފުޅިތަކެއް ވަގަށް ނަގައިފިއެވެ.
ސޯސަން ފިހާރައިގެ މެނޭޖްމެންޓުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހުންގެ ހުޅުމާލޭ ފިހާރަ ފަޅާލައިފައި ވަނީ މިދިއަ ހޮނިހިރު ދުވަހުގެ ރެއެވެ.
އެ ފިހާރައިން ވަގަށް ގެންދިޔައީ ހަ ފުޅި ސެންޓާއި ކޯރާޑިތެޔޮ ފުޅިތަކެއް ކަމަށް ވެސް މެނޭޖްމަންޓުން މައުލޫމާތު ދީފައިވެއެވެ.
ވަގުން ވަން އިރު ފިހާރަވަތްގަނޑުގައި ފައިސާއެއް ނެތް ކަމަށާއި ނަމަވެސް ވަތްގަނޑުގައި ހުރި ވަކިލާރިކޮޅު ވެސް ވަގުން ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
ހުޅުމާލޭ ގައި ހުންނަ ސޯސަން ފިހާރައިން ވައްކަންކުރި މީހާގެ ވީޑިއޯ ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އެ ފިހާރައިން ވަނީ އާންމު ކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ ސޯސަން ފިހާރަ ފަޅާލާފައިވާއިރު، އިއްޔޭ ފަތިހު މާލޭގެ ބާޒާރު މަތީން ގިނަ އަދެއްގެ ފިހާރަ ވެސް ވަގުންތަކެއް ވަނީ ފަޅާލައިފައެވެ. އަދި ހަމަ އެރޭ ހުޅުމާލޭގައި ހުންނަ އައިލެންޑް ބެވަރެޖްގެ ފިހާރައެއް ވެސް ފަޅާލާފައިވާއިރު މިދިއަ ހޯމަ ދުވަހުގެ ރޭ މިފްކޯގެ އޮފީސް ފަޅާލައިގެން ހަތަރުލައްކައާ ގާތް ކުރާ އަދަަދަކަށް ފައިސާ ވަގަށް ނެގި \އެވެ.