ޚަބަރު

ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި މިހާރު ތިބީ ނުވަ މީހުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި މިހާރު ތިބީ ނުވަ މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ 108 ނަމްބަރު ފްލެޓު ކައިރީގައި ހަމަނުޖެހުންތައް ހިނގީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ފްލެޓުގައި ފިލާ އޮތް ކަމަށް ބުނެ އެވެ. އެގޮތުން އެތަނަށް އެއްވި މީހަކު ވަނީ އެ ފްލެޓުގެ ބިއްލޫރިގަނޑެއް ވެސް ތަޅާލާފައެވެ.

އެ ސަރަހައްދުގެ މަސްލަހަތު ހޫނުވެ ހިނގި ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ވަނީ 27 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް މިހާރު ބަންދުގައި ތިބީ ނުވަ މީހުން ކަމަށް ފުލުހުން ހާމަކުރެއެވެ.

އެ ހަމަނުޖެހުމުގެ ތެރެއިން ބައެއް ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެތަނަށް އެއްވި އަންހެނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!