ޚަބަރު

ޝަހީދު އަލީ މިސްކިތުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހެންވޭރުގައި ހުންނަ ޝަހީދު އަލީ މިސްކިތުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޮނުޒިޔާރަތްމަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:12 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

ފުލުހުން އެމީހާ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަރުވެފައި ވަނީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!