ދުނިޔެ

ބޭރު އަންހެނަކު ކުއްތާއެއް ކަމަށް ހެދިގެން ބޮޑު މުސާރައެއް ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

މީސްމީޑިއާގެ އެކި އެޕްލިކޭޝަންތަކުން އާމްދަނީ ހޯދައިގެން ދިރިއުޅޭ މީހުންގެ އަދަދު ވެސް ދުނިޔޭގައި މަދެއް ނުވާނެއެވެ. މީހުން މުނިފޫހި ފިލުވުމަށް އެކިފާޑުގެ ވީޑިއޯތައް ހަދައި އެކި ވިއުގަ ތަކަށް ހިއްސާކޮށް ގިނަ "ސަބްސްކްރައިބާސް" ހޯދައިގެން ލިބޭ އާމްދަނީ އަކީ ވެސް ކުޑަ އާމްދަނީ އެއް ނޫނެވެ.

Ads by WAMCO

ކޮންމެއަކަސް މި އަންހެން މީހާ ފައިސާ ހޯދުމަށް ޓަކައި މި ކުރަނީ ވަރަށް ތަފާތު ކަމެކެވެ. އުމުރުން 21 އަހަރުގެ މި ޒުވާނާ އަކީ ކުއްތާއެއް ކަމަށް ހެދިގެން ފައިސާ ހޯދަމުންދާ މީސްމީޑިއާގައި އެތައްބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޒުވާނެކެވެ. ޖެއަންނާ ފިލިޕްސް ނަމަކަށް ކިޔާ މި ޒުވާނާ ބުނާ ގޮތުގައި އޭނާ އަށް އަބަދުވެސް ހީވަނީ އޭނާ އަކީ "ޕަޕީ" އެއް ކަމަށެވެ.

އޭނާގެ ވީޑިއޯ ތަކުގައި ކުއްތާ އެއްހެން ބިންމަތީގައި ފުރޮޅި އަދި ބޯޅައާއި ކުޅޭ މަންޒަރު ދައްކުވައިދެއެވެ. އަދި މިނޫނަސް ކުއްތާ ކުރާ ތަފާތު ކަންކަން މީނާ ކުރެއެވެ. މިހާތަނަށް އޭނާގެ ޓިކްޓޮކްގައި އެއް ލައްކަ ފޮލޯވާރސް ތިބި އިރު އޭގެ ތެރެއިން ގިނަ ބަޔަކު ކޮންމެ މަހަކު އޭނާގެ ވީޑިއޯތައް ބެލުމަށް ޓަކައި 20 ޑޮލަރު ހަރަދު ކުރާ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

އަދި އޭނާ އަށް ފޮލޯރ ކުރާ ބައެއް ފަރާތްތަކުގެ ރިކުއެސްޓަށް އޭނާ ވީޑީއޯ ހަދައިދޭ ކަމަށާއި އެއިން ކޮންމެ ވީޑިއޯ އަކަށް އޭނާއަށް މަދުވެގެނ 1000 ޑޮލަރުގެ އާމްދަނީ އެއް ލިބޭކަމަށް އޭނާ ބުންޏެވެ.

ކުއްތާ އަކަށް ވެގެން ވީޑިއޯ ހެދުމަކީ މިހާރު އޭނާ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ. އަދި ވަޒީފާއަކަށް ގޮސްގެން ލިބޭ އާމްދަނީ އަށްވުރެން މާ ރަނގަޅު އާމްދަނީ އެއް ވީޑިއޯ ހަދައިގެން ލިބޭ ކަމަށް އޭނާ ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!