ޚަބަރު

ފޮރިން މިނިސްޓްރީގެ ޕީއެސް އަކަށް ޝިފާނާ

ދެން އެމްވީ ، ދެން އޮންލައިން

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އާމިނަތު ޝިފާނާ މިއަދު އައްޔަން ކުރައްވައިފިއެވެ.

Ads by Sosun Fihaara

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޝިފާނާ އައްޔަން ކުރެއްވީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޝިފާނާ ވަނީ 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ ޖޫން އާއި ހަމަޔަށް ފޮރިން މިނިސްޓްރީގެ އެކި މަޤާމުތައް އަދާކުރައްވާފައެވެ. ފޮރިން މިނިސްޓްރީގައި އެންމެ ފަހުން އަދާކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމެވެ.

ޝިފާނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.

ޝިފާނާވަނީ ބިޒްނަސް މެނޭޖްމަންޓް ދާއިން 2004 ވަނަ އަހަރު ބެޗެލަރސް ޑިގްރީ ހާސިލްކުރައްވައި، 2007 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!