ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތައް އަވަސްކުރަން ކޯޓުތަކުން ތާއީދު: ޖޭއެސްސީ

ދެން އެމްވީ ، ދެން އޮންލައިން

ޖިންސީ ގޯނާގެ މައްސަލަތައް ބްލޮކް ޓްރައިލްސް ނިޒާމުން ހިންގަން ކޯޓުތަކުން ތާއިދުކުރާ ކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

Ads by Sosun Fihaara

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައްކުގައި ކޯޓުތަކުން އަވަސް ކުރުމާއި އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބުތަކާއި ގުޅޭ ގޮތުން ކޯޓުތަކުގެ އިސްފަނޑިޔާރުންނާއެކު ރޭ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި ކޯޓުތަކަށް މިފަދަ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދާއި، މައްސަލަތައް ނުނިމި ހުރި ޢަދަދު އަދި ނުނިމި ހުރި ސަބަބުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެވުނު ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި މައްސަލަތައް އަވަސްވާނެ ފަދަ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިމާޒެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުޢީ ދާއިރާގެ ތެރޭގައި ޤާއިމު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުމާ އެއްގޮތަށް އެ އިންތިޒާމުތައް ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ކޮމިޝަނުން ހަމަޖައްސާނެކަމުގެ މަޢުލޫމާތު މި ބައްދަލުވުމުގައި ހިއްސާ ކުރެވުނު ކަމަށް ޖޭއެސްސީން ބުނެއެވެ.

އެގޮތުން މިކަންކުރުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ އިދާރީ ވެރިން އެއްބާރުލުންދެއްވާ ޙާއްޞަ ސަމާލުކަމެއްދީ، މަރުހަބާ ކިޔުއްވި ކަމީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް މުސްތަޤްބަލުގައި އަވަސް ކުރުމަށް އެ ކޮމިޝަނަށް ލިބުނު ބާރެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!