ޚަބަރު

ޓާމިނަލްއާ ގުޅޭ މައްސަލައެއްގައި މުވައްޒަފަކު ވަކިކޮށްފައެއް ނުވޭ: އެމްއޭސީއެލް

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުންދާ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން ދެކޮޅު ހެދި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެން) ދޮގުކޮށްފިއެވެ.

Ads by STELCO

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެެދި މައްސަލައެއްގައި އެ ކުންފުނީފެ ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަ، ކޮމާޝަލް، މުޖުތަބާ ލަތީފު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލް އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ސީޕްލޭން ޓާމިނަލާއި ގުޅުންހުރި އެއްވެސް މައްސަލައެއްގައި އެކުންފުނީގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށެވެ.

އަދި އެކުންފުންޏަކީ މުވައްޒަފުން ވަޒީފައިގައި ދެމިތިއްބުމުގައި ރަނގަޅު ޓްރެކު ރެކޯޑެއް އޮންނަ ކުންފުންޏެއް ކަމަށާއި، މުވައްޒަފަކު ވަޒީފާ އިން ވަކި ކުރިއަސް ކުރާނީ އޮންނަ އުސޫލުގެ ތެރެއިން އިންސާފުވެރި ކަމާއެކުގައި ކަމަށްވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!