ޚަބަރު

ކަރަންޓު ކެނޑުނީ 10 މިނެޓަށް، އޮޕަރޭޝަނަށް ބުރޫ ނާރާ: އެމްއޭސީއެލް

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މެންދުރު ކުރީގެ ވަގުތެއްގައި 10 ވަރަކަށް މިނެޓަށް ކަރަންޓު ދިޔަ ނަމަވެސް އޮޕަރޭޝަނަށް ބުރޫ ނާރާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

Ads by Sosun Fihaara

އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކަރަންޓު ދިޔައީ މިއަދު 11:15 އިން 11:25 އަށް ކަމަށެވެ. އަދި 10 މިނެޓު ތެރޭގައި ކަރަންޓު ދީ އޮޕަރޭޝަންސްތައް ފަށާފައިވާ ކަމަށާއި އެވަގުތު ކޮޅުތެރޭ ހިދުމަތަށް ބުރޫ އަރާފައި ނުވާނެ ކަމަށެވެ.

އެމްއޭސީއެލުން ބުނީ ކަރަންޓް ދިޔައީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު، އެއާޕޯޓުގެ ރަންވޭ ކުއްލިގޮތަކަށް ސާފުކުރަން ޖެހުމުން ދެ ފަހަރެއްގެ މަތިން ބަންދުކޮށްފައިވެ އެވެ. އެއާއެކު ގިނަ އަދަދެއްގެ ފްލައިޓްތައް ޑިލޭވެ، އެހެން ބައެއް މަންޒިލްތަކަށް ޑައިވާޓުކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!